Make your default font as Faruma or Replace MV Boli font to Faruma font
Get away from the boli font foreverDownload the below file from the link and install
You will be free from boli font
Link 1: Boli to Faruma Font
Link 2: Boli to Faruma
ތާރީޚަކީ މަރުވުމެއްނުވާ، އަބަދަށް ދިރިހުރި މުހިއްމު ޚަޒާނާއެކެވެ. އެ ޚަޒާނާގެ އަލިކަމާއި
ފަށުއިކަމުގެ ފޭރާމަކީ އަބަދަށްމެ ބޭނުންވާ އަދި އެޔާނުލައި އުޅެވެން ނެތް އެއްޗެކެވެ.
ބަލައިފި ކޮންމެ މީހަކަށް ޢިބްރަތުން ފުރިގެންވާ ދަރުސްތަކާއި ފިލާވަލުތަކާއި ހާދިޘާތައް
މިހިނދުން މިހިނދަށް އަންގައިދޭ ސާފު ހެކިތަކެކެވެ. އެގޮތުން އެއީ އެތަނެއްގެ ބަޔަކު
ދިރިއުޅޭ ނުވަތަ ދިރިއުޅުނު ދިރިއުޅުމާއި އާދަކާދަތައް ދައްކުވައިދޭ މުހިއްމު
ރައުސްމާލެކެވެ. މިހެންވެ އެއްޖީލުން އަނެއް ޖީލަށް ސާފުކަމާއެކު އެއްވެސް
އޮޅުވާލުމެއްނެތި އެ މައުލޫމާތުތައް ފޯރުކޮށްދިނުމީ އެބައެއްގެ މައްޗަށް އޮތް މުޤައްދަޞް
މުހިއްމު ވާޖިބެކެވެ.
"މީހުން މީހުންނަށްވާނީ، މީހުން މީހުންނަށް ހެދީމައެވެ."
އާއެކެވެ. އަޅުގަނޑުމެންގެ ފަހުލަވާން، ދިވެހިރާއްޖޭގެ ބަޠަލާ އެ ވިދާޅުވަނީ ހަޤީޤަތުގައިވެސް ވަރަށް
ބޮޑު ތެދު ވާހަކައެކެވެ. އިންސާނަކަށް އެއްވެސް މަގެއް ނުވަތަ ފިލާވަޅެއް
ދަސްކޮށްދޭނެ އާރުކާޓީއެއް ނުވަތަ މުދައްރިސެއް އޭނާގެ ގާތުގައި ނެތްނަމަ އޭނާ
ވެގެންދާނީ އެއްވެސް ތާކުންތާކުން ނުޖެހޭ ވަކަރުގޭ ލާޗާރު ބިޗާރަކަށެވެ. އޭނާގެ
އެއްވެސް ބޭނުމެއް ނޯންނާނެއެވެ. އެހެންވުމުން އަޅުގަނޑުމެން އެންމެން ދުނިޔެ
އާރާސްތުކޮށް ދިރިއުޅުން ބައްޓަން ކުރުމުގައި ހިފަހައްޓަންވީ އަޅުގަނޑުމެންގެ
އެންމެ ބޮޑު އެއް އައްޑަނަ ކަމުގައިވާ މުޙައްމަދު ތަކުރުފާނުގެ އެ ބަސްކޮޅުގައެވެ.
ހަނދުވަރުދޭ
ހިތްގައިމު ފިނިފިނި ރެއެކެވެ. ވާރޭވެހުމުގެ ސަބަބުން މުޅި ވެށި ވަނީ ފިނީގެ
ތެތްކަމުން ފުސްކޮށްލާފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ބިންދާލައި އަޑުނޫން
އެހެން އަޑެއް މާހައުލަކުން ނީވެއެވެ.
އަހަރެންގެ ނަޒަރު
ހުއްޓިފައި ހުރީ ބޭރުން ވެހެމުންދާ ބޯ ވާރޭއަށެވެ. އަހަރެން ބަލަން ހުރި
ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވާރޭގެ ބޮޑުތިކިތައް އައިސް ޖެހި، ކިލާފަނިތަކެއްހެން ވާރޭގެ ތިކިތައް ތިރިޔަށް ދުވެދުވެ
ހުއްޓެވެ. އަހަރެން ވައަތުން ބިއްލޫރިގަނޑަށް ވެރިވެފައިވާ ފުސްކަން ފޮހެލީމެވެ.
އިސާހިތަކު އަތަށް އޮހިގެން ދިޔައީ ތެތް ފިންޏެކެވެ. ގައިން ހީބިހި ނަގައިގަތެވެ.
އަހަރެންގެ ލޯ މައްޗަށް އެދުވަހުގެ މަންޒަރުތައް ސިފަވެ، ކުލަޖެހެން ފެށިއެވެ.
އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި
ފޮތިގަނޑަށްލައި ނިވާކޮށްފައިވާ އަތް ހަރަކާތްކުރެވެން އުޅެވުނެވެ. އެހެންނަމަވެސް
އެ އަތަކުން އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އަތުގެ ބާރެއް ނެތްތަނުގައި އަތުގެ
ނާރުތަކުގައި އެއްވެސް ވިންދެއްނެތެވެ. އަހަރެންގެ ކަނާއަތް ކޮނޑުހުޅުން ވައުވީ
ހަމަ މިކަހަލަ ވާރޭ ވެހުނު ދުވަހެއްގައެވެ.
"އާނ. މާމް މި
ނިންމައިލަނީއޭ." ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ
ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ.
އެ ލޯބި މަޢުސޫމް މޫނު ފެނުމާއެކު އަހަރެންގެ
ލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކެތްތެރިކަން ކޮޅުންލައިގަތެވެ. ހިތައް ފުން
އަސަރުތަކެއް ކުރުވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަޑު ބެދުނެވެ. އެދިމާއަށް
އަތް ދިއްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމައާއި، ޒަހީނާއި، އާއިލާގެ ބައެއް އެހެން މެންބަރުންވެސް
އެތަނުގައި ތިއްބެވެ. ރޮވިފައެވެ. ހިތާމައިގައެވެ. އަހަރެން ގޮސް އެ މަޑުމަޑު
ފުށްގަނޑެއްފަދަ ދަރިފުޅުގެ ގައިގާ، ވަރަށް ބާރަށް ބައްދާލީމެވެ. ލޯ މަރާލެވުނެވެ.
އަޑުން އަޑުލާ ރޮވެން ފެށިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟
މިއީ ހަމަ އަހަރެންގެ ކުށެވެ. ޚުދު ތިމާއަކީ ކުށްވެރިއެއްކަމަށް ޤަބޫލުކުރަމެވެ.
ޤަބޫލުކުރިއަސް ނުކުރިއަސް މިހެން މިވީ އަހަރެންގެ ހުރި ވިޔާނުދާ ކަމުންނެވެ.
ދަރިފުޅު ނުފެންނަތާ އެތައް ދުވަސްތަކެއްވިއެވެ. އެކަމަކުވެސް އަހަރެންގެ ހިތަށް
ކުރީ ކޮން އަސަރެއްބާވައެވެ؟ އިސް އުފުލާ މަންމައާ ދިމާއަށް ބަލައިލެވުނެވެ.
މަންމަ އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. މޫނުމަތީގައި ހުރީ ހިތްވަރުދިނުމުގެ
ކުލަވަރެވެ.
އާއެކެވެ! އެއީ
އަހަރެންގެ ކުށެކެވެ. ފަހުދު ގާތުގައި ފާޑުފާޑުގެ އަންހެންކުދިންނައި ވާހަކަ
ނުދައްކާށޭ ބުނެވޭކަށެއް ނޯންނާނެއެވެ. ބުނެގެން ނުވެސް ވާނެއެވެ. ކުށްވެރިވާނީ
އަހަރެންނެވެ. އެހެންނަމަވެސް އަހަރެން އެންމެ ފިރިހެން ކުއްޖަކާ އަނގައިން
ބުނެލިޔަސް އަހަރެންގެ ހިތް ފަޅައިގެންދާހާވަރަށް އޭނާ އިހާނެތިކުރާނެއެވެ.
އެއްޗެހި ކިޔައިނެއެވެ. އެއީ ހަމަ ލޯބިންނެވެ. ފަހުދު ދެރަވަނީއެވެ. ދެރަވެގެން
ރުޅި އަންނަނީއެވެ. ނޫނެކެވެ. ރުޅި އާދެވެނީއެވެ. ރުޅި އާދެވުނަސް އަތް
އިސްކުރުމަކީ ފަހުދުގެ އާދައެއްނޫނެވެ. އަތް އިސްކުރުމަށްވުރެއް އަހަރެމެން
ދެމީހުންގެ ލޯބި އޭނާއަށް އަބުރުވެރިއެވެ.
ޘަނާގެ ހިތް
ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ
ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް
އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި
ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް
ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ
އަރައި އިސްތަށިގަނޑުންނެވެ.
ނަމާދަށް
ޢަރަބިބަހުން ކިޔަނީ އައްޞަލާތެވެ. އޭގެ ލުޣަވީ މާނައީ ދުޢާއެވެ. ޝަރުޢީ މާނައީ ޚާއްޞަ
ޢަމަލުތަކަކާއި، ދުލުން ކިޔޭ ޚާއްޞަ ބަސްތަކަކާއެކު، ޝަރުތުތަކަކާއި،
ރުކުންތަކެއްގެ މައްޗަށް ބިނާވެގެންވާ ތަކުބީރަކުން ފެށި ސަލާމުން ނިމޭ
އަޅުކަމެކެވެ.
އަހަރެންގެ
ހަންގަނޑަށް ވަނީ އަލިކަން ލިބިފައެވެ. އޮމާންވެފައެވެ. އެކަމަކު އަމިއްލަ ރަށް
ނޭކުރަންދޫއަށް އާދެވޭ ކޮންމެ ފަހަރަކީ ރަޙުމަތްތެރިންނާއެކު އެ ހިތްގައިމު
ކުޅިޔަށް އަރަންޖެހޭނެ ފަހަރެކެވެ. ޓީވީ.އެމް.ގައި މަސައްކަތްކުރުމަކީ
ފަސޭހަކަމެކެވެ. އެހެންނަމަވެސް ޚަބަރުތައް ހޯދަން ދުއްވަންޖެހޭ ދުއްވުންތަކާ،
އޮހަރަންޖެހޭ ދަލުގެ ޢަދަދަކީ، ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އަހަރެން
އެމަސައްކަތްކުރަނީ ކުރާނެނުކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ. އެކަމަށް
ހިތްޖެހިފަ ހުންނަލެއް ބޮޑުކަމުންނެވެ. މާ ކުރާހިތްވާ ކަމަކަށް ވާތީއެވެ.
2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވީ
ބުރާސްފަތިދުވަހުގެ ނުވަގަޑީގެ ވަގުތު ކައިރިނުވެގެން ގުރޭޑް 12 ގެ ދަރިވަރުން ދިޔައީ، އިރުކޮޅު ކޮޅުން، ސިއްރު ސިއްރުން ފާރުގައި އިން
ހަތަރެސްކަން ގަޑިއަށް ބަލަމުންނެވެ. ނައިސްގެން އުޅޭވަގުތުއައިސް ޖެހުމުން ހުރިހާ
ކުދިން އަވަހަށް ތިންބުރީ ޢިމާރާތުން ދެމިގަތަގެން ދިޔައީ ދިވެހިގަޑިއަށް
ލިޔަންޖެހޭ ދަތުރުނާމާ ފުރިހަމަ ކުރުމަށްޓަކައި ހދ.ނޮޅިވަރަންފަރަށް ކުރަންޖެހޭ ދަތުރަށް
ތައްޔާރުވާށެވެ. ދަތުރު ރާވަމުން އަންނަތާ އެތަކެއް ދުވަސްތަކާއި އެތަކެއް
ބައްދަލުވުންތަކެއް ބޭވުނެވެ. އެތަކެއް މަސައްކަތްތަކެއް މުދައްރިއްސުންނާއި
ދަރިވަރުން އެކަމަށްޓަކައި ކޮށް، އެތަކެއް ވަގުތެއް އެކަމަށްޓަކައި ޤުރުބާން ކުރި
އެވެ. އެންމެ ފަހުން އެހުރިހާކަމެއް ގިރާކޮށް، ކާމިޔާބުގެ ރަހަ ދުލުގެ ކުރީގައި
ޖެހުނީ އެވެ.