Wednesday, September 11, 2013

ދިވެހި ޒުވާނުންގެ މެދުގައި ކުށްކުރުން އިތުރުވާ ސަބަބުތައް


   ބިމަށް ވެއްޓޭ އޮށެއް، ބިމުގައިވާ މާއްދާތަކުގެ އެހީގައި ބިމުގައި ރަނގަޅަށް ވަޒަންވެރިވެ ގަނެ އެވެ. އެއަށްފަހު، ރަނގަޅު ކާނާއާއި ސާފުވައިގެ އެހީގައި ހަލުވިކަމާއެކު ބޮޑުވަމުން އައިސް ފުރާ ފުރިހަމަވެދެ އެވެ. ފުރާ ފުރިހަމަވެ، މީރު މޭވާތައް ހަމަ ބޭރަށް ފެންނާނެހެން ގަހުން ނުކުތުމުން، އިސާހިތަކު އެ މޭވާތައް ޖަނަވާރުތަކެއްގެ ޝިކާރައަކަށްވެ ނެތިގެންދެ އެވެ. ހަމަ މިބީދައިން، މި ދިވެހި މުޖްތަމަޢު ތެރޭގައި އުފަންވެ، ފުރާ ފުރިހަމަވެފައިވާ އެތަކެއް ޒުވާނުންނެއް މިއަދު މިވަނީ ނުރައްކާތެރިންގެ ޝިކާރައަށް ހުށަހެޅިފަ އެވެ. އެވެރިންގެ އަތްދަށުވެ ފީވާން ކައިރިވެފަ އެވެ. މިކަން މިގޮތައް ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެގޮތުން، ޒުވާން ކުދިންތައް ހަލާކުވުމަށް ދިމާވަނީ އެކުދިންގެ މައިންބަފައިން ގެ ސަބަބުންނާއި، ދީނީ ގޮތުންނާއި، ޢިޖްތިމާޢީ ގޮތުންނާއި، އަދި ސިޔާސީ ގޮތުން އެކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ.
   ދަރިން ތަރުބިއްޔަތުކޮށް މުޖްތަމަޢުތެރެއަށް ނެރޭނީ އެ ކުއްޖެއްގެ މައިންބަފައިންނެވެ. ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް