(ނަމޫނާ މަޒުމޫނު)
މަޤާމަކީ ބޮޑު އަދި
އެހާމެ ޒިންމާދާރު ވާންޖެހޭ އެއްޗެކެވެ. ޖިފުޑިގަނޑެއް އާރާސްތުކޮށް އެ ތަން
ފުރިހަމަ މޮޅު ތަނަކަށް ހަދަންޖެހޭ ވަޒީފާއެކެވެ. އެންމެ ފިޔަވަޅެއް ކަތިކޮށް އެޅި
ކަމުގައި ވިޔަސް، ވަގުތުން ބިމާ ހަމަވެދާ ވަރުގެ ހަނގުރާމައެކެވެ. އާދޭހެވެ. ރަށު
ކައުންސިލްގެ ރައީސް ކަމެވެ. ކުރީ އަހަރުތަކުގައި މި މަޤާމުގައި ތިއްބެވި
ބޭފުޅުން، އެތައް ފަހަރަކު ކަނޑުގައި ރޮނގުތައް އަޅައި، ރަށުގެ ލޮބުވެތި
ރައްޔިތުންގެ ލޮލުގައި އަދުން އަޅުންވާފައި ވެއެވެ. ރައްޔިތުންގެ ބޮލުގައި
ފިރުމައި ދިނުމުގެ ބަދަލުގައި، ބޮލަށް ޓަތްކެއްދީ، އެ ނިކަމެތި ބޭފުޅުންގެ ފައިސާ
ފޮތިތައް ޖީބަށް އަޅަމުން ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މި ބޭފުޅުން
ލިޔަމުން ގެންދާ މަޒުމޫނު ތަކުގައި "ފުލުސްޓޮޕް" ޖަހައި އަޅުގަނޑު
މިފަހަރު ރަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލަމެވެ. އަދި ހޮވިއްޖެނަމަ ރަށުގެ
ޙާލަތު ރަނގަޅުކޮށް، މަސްވެރިކަން ތިޔާގިކޮށް، ތަޢުލީމާއި ވަޒީފާގެ ފަރުޞަތުތައް
ފުޅާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، އިތުރަން ކުރަންޖެހޭ
ކަންކަން ރާވާ މަޝްވަރާ ކުރާނަމެވެ.
އަޅުގަނޑުމެންގެ
ދީނާކީ ހުރިހާކަމަކަށްވެސް ޤަވާއިދު ތަކާއި، ޙުކުމްތައް، ޙިކުމަތްތެރި ގޮތަކަށް
ކަނޑައަޅުއްވާފައިވާ ދީނެކެވެ. އެހެންކަމުން، ކަމެއް ކާމިޔާބު ކަމާއެކު ގެންދެވޭނީ
ދީނުގައި އެކަމެއް ކަނޑަ އަޅުއްވާފައިވާ ގޮތް ބަލައި ދިރާސާކޮށްގެންނެވެ. މިގޮތުން
ރައްޔިތުންނަކީ ދީންވެރި، ރަނގަޅު ފުރިހަމަ ފޭރާމަކުން އައުރަ ނިވާކޮށްފައިވާ ބަޔަކަށް
ހަދާދޭނަމެވެ. މިސަކިއްތަކުގައި ދަރުސް ދިނުމާއި ދީންއުގަންނާދޭ ކިލާސްތައް
ކުރިޔަށް ގެންދިއުނަ ފަދަ މުލިއްމު މުނާސަބު ކަންތައްތައް ކޮށްދޭނަމެވެ. މި
ކަންތައްތަކުގެ ސަބަބުން މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފައިކަމާ
އަޚްވަންތަކަން ޤާއިމުވެގެން ދާނެއެވެ. ސުލްހަވެރިކަމާއި އެއްބައިވަންތަ ކަމަށް،
މަގުތައް ކޮށިގެން ދާނެއެވެ. ސާފު ފެން ފަދަ އަމާން އޮމާން މުޖުތަމަޢެއް ބިނާވެގެންދާނެއެވެ.
އެއްބައިވަންތަކަމާއި
ދީނީ ހުދޫދުގެ ތެރެއިން އެންމެން މަސައްކަތް ކުރާނަމަ އިސާހިތަކު އެތަނަކަށް
ތަރައްޤީ އަތުވެދާނެއެވެ. އެގޮތުން އަޅުގަނޑު ބޭނުންވަނީ މިރަށުގައި އެޅިފައިވާ
ގެތައް އިމާރާތްތަކަށް ހަދައި، މީސްތަކުންނަށް ތަރައްޤީގެ މީރު ރަހަ
ލައްވާދޭނަމެވެ. އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރަނީ ފުރަތަމަ މައިގަނޑު
މަޤްޞަދުކަމުގައިވާ މަސްވެރިކަން،
ބިނާކުރަވަނި ގޮތެއްގައި އެ މަސައްކަތް ފުޅާކުރުމެވެ. ދޯނިތަކުގެ ޒަމާނީ
ވަޞީލތްތައް ބޭނުން ކޮށްގެން، ގިން އޮޑި ދޯނި ފަހަރު އެޅުމަށް އިތުރަށް ބިން
ދިނުމުގެ އިތުރުން، މަސްދަޅު، ހިކި މަސް، ވަޅޯ މަސް ފަދަ މަސް ތައްޔާރު ކުރާ
ކާރުޚާނާއެއް މިރަށުގައި ޤާއިމުކުރަމެވެ. އަދި ވީވަރަކުން ބޭރަށް މަސްދަޅުތައް
ފޯނުވޭނެ ފޮނުވޭނެ ފުރިހަމަ ނިޒާމެއްގެ ދޮރު ހުޅުވާލާ ނަމެވެ. އަދިވެސް ވަގުތަކާއި
ޙާލަތްތައް ރަނގަޅަށް ތަންދޭނަމަ މަސް ދިރުވައި އާލާކުރުމުގެ "ޕްރޮޖެކްޓް"
ތައް ބާރު :ސްޕީޑެއް" ގައި ކުރިއަށް ގެނަދާނަމެވެ. މި ގޮތައް މިކަންތައްތައް
ނިންމާލެވިއްޖެނަމަ މަސްވެރިކަން އެންމެ މަތީ ދަރަޖަ އެއްގައި މުޅި ދުނިޔެ
ބަލައިގަންނާނެއެވެ. އަދި ދިވެހިންގެ ނަންވެސް ރަތްކުލައިން ފަވާލެވޭނެއެވެ.
ކާރުޚާނާތައް ރަށުގެ މަލަމަތިން ފެންނަން
ހުންނަ ކަމުގައިވާނަމަ، އެއީ ވަޒީފާގެ ފުރުޞަތުތަކަށް ކުރިޔަށް އެޅޭ ބޮޑު
ފިޔަވަޅެކެވެ. ޖީބަށް ގިނަވާނެ ކަމެކެވެ. މަގެކެވެ. ދިރިއުޅުން ހަމަ މަގަށް އަޅުވާދޭނެ
އާރުކާޓީއެކެވެ. ކެމެރާގެ ލެންސް ހޭރިޔާ ކޮށްލެވޭނެ އައު ތާރީޚެކެވެ. ޒުވާނުން
ހިތްތަކަށް އަރާމާއި ހިތްހަމަޖެހުން ގެނެސްދޭނެ އަނތްބެކެވެ. ކިޔަވާ ކުދިންގެ
ހޮތްތަކުގެ ޝުޢޫރުތައް ކައްކުވާލަދޭނެ ވަރުގަދަ އަލިފާނެކެވެ. އަދި މިނޫނަސް
އެތައް ވަޒީފާތަކެއް ރަށަށް ތަޢާރަފްކޮށް، ކިޔަވައި ކުދިންގެ ހިތްތަކުގައި
އެކަމަށް ލޯބި ގައްސާދޭނެއެވެ. ކިޔަވައި ކުދިންނަށް ބޭނުންވާނެ މުހިއްމު އާލާތްތަކާއި،
ތަކެތި އިދާރާއިން ފޯރުކޮށްދިނުމުގެ އިތުރުން "މިނިސްޓަރ" އަށް
އެކަންތައްތައް ވަގުތުން ވަގުތަށް ފޯރުކޮށްދޭނަމެވެ. ނަތީޖާއެއްގެ ގޮތުން، މަތީ
ފާހަކުން ދަރިވަރުންތައް ފާސްވެ ރަށަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބަޔަކަށް
ވާނެއެވެ.
ޒުވާނުންނާއި ދަރިވަރުންނަށް އަލިކޮސްދިނުމަށް
ފަހު، ކާރުޚާނާތަކުން ލިބޭ އެއްޗަކުން ރަށުގެ ޙާލަތު ކުރިޔަށް އޮތް
މުސްތަޤުބަލުގައި ރަނގަޅު ކޮށްދޭނަމެވެ. ނަރުދަމާ ލުމަށްފަހު، ބިން ބޮޑުކުރެވޭ
އެންމެ ބޮޑަކަށް ބޮޑުކޮށްދެ އަދި މަގުތަކުގައި ތާރުގެ ދޫލަތައް އަޅާދޭނަމެވެ.
ކުށްކުރުން ފަދަ ދީނާ ޚިލާފް ކަންތައްތައް ހުއްޓުވުމަށްޓަކައި މަރުކަޒުތަކާއި
އެހެން މުއައްސިސާތައް ބިނާކުރާނަމެވެ. މިކަންތައް ﷲގެ އިރާދަފުޅުން ކާމިޔާބުކަންމަތީ
ނިންމާލެވިއްޖެނަމަ ކައިރި ރަށެއްގައި "އެއަރ ޕޯޓެއް" ހަދާދޭނަމެވެ. މި
ނޫނަސް ތަރައްޤީއަކަށް ބޭނުންވާނެ އެންމެހާ ކަންތައްތައް ފިނިހަކަކަށް ވުރެއް
އަވަސް ބާރު މިނެއްގައި ނިންމާލަދޭނަމެވެ. ރަށައް އަރާ މީހުންނަށް މިއީ މާލެފަދަ
އޭ ހީކުރާވަރަށް ތަރައްޤީ ކުރުމުގެ ޚިޔާލް އަޅުގަނޑުކުރަމެވެ. ފުރިހަމަ އިތުބާރު
ހުރި ވަސީލަތްތަކުގެ އެހީގައެވެ.
ވަޢުދުތަކަކީ ގިނަ ހާލަތްތަކުގައި ފުއްދަން
އުނދަގޫ، އެހާމެ ދަތި އެއްޗެކެވެ. އެހެންނަމަވެސް ތިޔަ ރައްޔިތުން އަޅުގަނޑާއެކު
ވާނަމަ އެއީ އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަޅުގަނޑު މިރަށައް މިގެންނަން
އުޅޭ ތަރައްޤީއަކީ ރައްޔިތުން ހިތްހަމަޖެހޭ އެއްޗެއް ތޯ ބެލުމަށްޓަކައި
މަޝްވަރާކޮށް ކަންތައްތައް ނިންމުމަށްޓަކައި ރައްޔިތުންގެ ތެރެއިން ދެތިން
"ކޮމެޓީ" ހޮވާނަމެވެ. މެމްބަރުންނަށް ފަސޭހަކަމާއެކު ރައްޔިތުންގެ
ހިތްތަކުގައި އުފެދޭ އުދާސްތައް އަޅުގަނޑަށް ބަންޑުކޮށްލުމުގެ ބޭނުމުގައެވެ،
އެހޫގެ އަތްތަކަށް އެއްޗެއް ދިނުމުގެ ބޭނުމުގައެވެ. ރައްޔިތުންގެ މޫނުތަކުން
ހިނިތުންވުމާ އުފާވެރިކަން ގެނެސް ދިނުމުގެ ބޭނުމުގައެވެ. އަޅުގަނޑަކީ
ރައްޔިތުންދެކެ ލޯބިވާ އަދި ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރާ ކައުންސިލަރަކަށް
ވުމަށްޓަކައެވެ.
ކުރިއެރުމާއި ތަރައްޤީއަކީ އަޅުގަނޑަށް އެކަނި
ވާނެ ކަމެއް ނޫނެވެ. އަޅުގަނޑަށްޓަކައޭ ކިޔައި ކަރުދާކޮޅު އެފޮޓަށް ނުލާށެވެ.
އަޅުގަނޑު ހޮއްވަވަންވާނީ އަޅުގަނޑާއެކު ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު
މަސައްކަތްކުރަން ތައްޔާރަށް ތިބިނަމައެވެ. އެހެންނޫނީ އަނެއްކާހެންވެސް
ކޮންމެވެސް އަނިޔާވެރިއެއްގެ އަތްދަށުވާން ދާށެވެ. އަޅުގަނޑު މިރަށްދެކެ ވާ ލޯބި
އެނގޭނީ އަޅުގަނޑަށް މި މަޤާމުގައި ހައްޔަރުވުމުންނެވެ. އަޅުގަނޑު ކެރި ހުރެ
މިކަމުގެ ބޮޑުކަންވެސް އެނގި ހުރެ ކުރިމަތި މިލަނީ ތިޔަ ރައްޔިތުންނަށްޓަކައި، ޅަ
ދަރީންނަށް ހެޔޮ މުސްތަޤުބަލެއް ހޯދާދޭށެވެ. އެހެންވުމުން ދީނުގައިވާ ގޮތުގެ
މަތީން އަޚްވަންތަ ބަޔަކަށްވެ، ރަނގަޅު ވަޒީފާތަކާއި، ތަޢުލީމް ހާސިލްކުރުމުގެ
އިތުރުން މިރަށައް ތަރައްޤީއެއް ގެނައުމަށްޓަކައި އަޅުގަނޑަށް ރަށު ކައުންސިލްގެ
ރައީސްކަން ދެއްވާށެވެ.
No comments:
Post a Comment