(ނަމޫނާ ބަޔޮގްރަފީ)
1974 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު، ހއ.އިހަވަންދޫ އާހިޔާގެއަށް އުފާވެރިކަމާ އާރޯކަން ގެނެސްދިނެވެ. މާބަގީޗާއަށް އައު މަލެއް ފޮޅުނެވެ. ޢާއިލާއެއްގައިވާ ހަމައެކަނި ފިރިހެންދަރިފުޅެވެ. އަބަދުވެސް ކިޔަވާދެއްވަން ބޭނުންވާ އަދި ކިޔަވާދެއްވަމުން އަންނަ ޤާބިލް މުދައްރިސްއެކެވެ. ނަމަކީތޯއެވެ؟ ދޮންބެގެ ނަމުން މަޝްޙޫރުވެފައިވާ އަލްފާޟިލް އަޙްމަދު ރަޝީދަކީ ހއ.އިހަވަންދޫ ނެދުންގޭ ޖަމީލާ އާދަމަށާއި ހއ.ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ޔޫސުފަށް ލިބިފައިވާ ހަތްދަރިންގެ ތެރެއިން، ހަތަރުވަނަ ދަރިފުޅެވެ.
1974 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު، ހއ.އިހަވަންދޫ އާހިޔާގެއަށް އުފާވެރިކަމާ އާރޯކަން ގެނެސްދިނެވެ. މާބަގީޗާއަށް އައު މަލެއް ފޮޅުނެވެ. ޢާއިލާއެއްގައިވާ ހަމައެކަނި ފިރިހެންދަރިފުޅެވެ. އަބަދުވެސް ކިޔަވާދެއްވަން ބޭނުންވާ އަދި ކިޔަވާދެއްވަމުން އަންނަ ޤާބިލް މުދައްރިސްއެކެވެ. ނަމަކީތޯއެވެ؟ ދޮންބެގެ ނަމުން މަޝްޙޫރުވެފައިވާ އަލްފާޟިލް އަޙްމަދު ރަޝީދަކީ ހއ.އިހަވަންދޫ ނެދުންގޭ ޖަމީލާ އާދަމަށާއި ހއ.ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ޔޫސުފަށް ލިބިފައިވާ ހަތްދަރިންގެ ތެރެއިން، ހަތަރުވަނަ ދަރިފުޅެވެ.
ހުދުކުލަޔަކީ އެންމެ ރީތި ކުލަކަމަށް ބުނެ،
ހުދުކުލައިގެ މާނައިން މާނަ ނަންގަވާ، އަބަދުވެސް ދެކެން ބޭނުންވާ ދުވަހަކީ މުދައްރިސަކީ ތަޤްވާވެރިއެއްގެ
ގޮތުގައި ދެމިހުރެވޭ ދުވަހެވެ. ހުދުކުލައެކޭ އެއްގޮތައް ސާފުކަންމަތީގަ އެވެ.
ޒަވާޖީ ހަޔާތެއް 2001ވަނަ އަހަރު ފަށައިގެން މިއަދާ ހަމަޔަށް އާދެވުނު އިރު
މާބަގީޗާޔަށް ދެކުލައިގެ ދެ މައު ފަޅައިފައިވީނަމަވެސް ދެކެން ބޭނުންވާ ދުވަހަކަށް
އުނިކަމެއް އައުމުގެ ބަދަލުގައި އެދޭ އެދުން އާއިލާއަށް ލިބުން އެދެ އެވެ. އެ
މަޑުމައިތިރި ހިނިތުންވުން ފުރިހަމަކޮށް، އިތުރުކޮށް ދިނީ ފުރަތަމަ
އަންހެންދަރިފުޅު ލިބުނު ދުވަހު އެވެ.
ކުރުނބާ ފަންޏަށް ލޯބިކުރައްވާ، ގަރުދިޔައާއި
ލޮނުމިރުހުގެ ބަތަކީ އެންމެ ކާހިތްވާ ކާނާ ކަމުގައި ބުނަމުންދާ މުދައްރިސް،
ދޮންބެޔަކީ ކުޑައިރުންސުރެއްވެސް ކިޔެވުމަށް ބޭނުންވެ، އެކަމަށް ގަދައަޅައި
ހިތްވަރުކޮށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ. އަމިއްލަ ރަށުގައި
ގުރޭޑް ހަޔެއް ނިންމުމަށްފަހު މާލޭގައި ކޔެވުމުގެ ދުވަސްތައް ގުނުއްވި އެވެ. އާއިލާއާއި
މާ ދުރުގައި، އެކަނިމާއެކަނި މާލޭގައި އެތަކެއް ދުވަހު، އެހާމެ ދަތި ހާލުގައި،
އަމިއްލައަށް އާމްދަނީ ހޯދަމުން ކޯސްތައް ފުރިހަމަކޮށްފައިވާ، އިހަވަންދޫ ސުކޫލުގެ
ސުޕަރވައިޒަރެކެވެ. ނަތީޖާއަކީތޯއެވެ؟ ޖީސީއޯލެވެލްގެ ދެ މާއްދާ ފިޔަވައި އެހެން
މާއްދާތަކުން ކުރިއެރުން ހޯދެވި އެވެ. ޖީ.ސީ.އޯ.ލެވެލްއަށް ފަހު އެޗެ.އެސް.ސީ.އިން
ރަނގަޅު ކާމިޔާބީއެއް ހާޞިލްކުރެއްވި އެވެ. އެޑްވާންސް ސެޓިފިކެޓްއިން
އިސްލާމްއިން ފުރަތަމަ އަދި ދެވަނަ ދަރަޖައިގައި ހިމެނުނެވެ. ޑިޕޮލޮމާއިން
ސެކެންޑަރީ އިސްލާމް ޓީޗިން، ބެޗްލަރ އޮފް އިސްލާމް ޓީޗިން އޮރނާސް އަދި
ޑިޕޮލޮމާއިން ސުކޫލް މެނޭޖްމެންޓްފަދަ ތަޢުލީމްގައި ހޯދައްވާފައިވާ ކާމިޔާބީތައް
ފާހަގަކޮށްލަމެވެ. މީގެއިތުރުންވެސް ޤުރުއާން މުބާރާތުންނާއި، ކިޔެވި
ކުލާހުންނާއި، ޑިޕޮލަމާއިންނާއި، ޑިގްރީންވެސް ތިންވަނަ ހޯދެއްވި އެވެ.
އެހެންމީހުންނަށް އިސްލާމްދީނުގެ ދަޢުވަތު
ދިނުމަކީ އެންމެ ޝައުޤުވެރިވާކަންތައް ކަމަށް ބުނާ އިސްލާމް މުދައްރިސް، އެންމެ
ދެރަވި ދުވަހަކީ ލޮބުވެތި މަންމަ ނިޔާވިދުވަހެވެ. ޢަރަބި ބަހުން ތަޢުލީމް
އުނގެނުމާއި، ސީ.އެޗެ.އެސް.ސީ.އަށް ކިޔަވާ ދިނުމާއި، ވިޔަފާރިވެރިޔަކަށް ވުމަކީ
ކުރަން އުޅުނު، އެހެން ނަމަވެސް އެކަންތައްތަކުގައި ނާކާމިޔާބުވެފައިވާ
ކަންތައްތަކެވެ. ނާކާމިޔާބުގެ ލިސްޓުގައި ދެތިން ކަންތައް ހިމެނުނު ކަމުގައި
ވީނަމަވެސް އެކަންތައްތަކުން އިޚްލާސްތެރި މުދައްރިސް ދުރުކޮށްދެނީ ހުސްވަގުތެވެ.
ތަޢުލީމް އުނގަންނާ ދެއްވުމަށްފަހު ދެން ލިބޭ ހުސްވަގުތުތަކުގައި ދީނީ ފޮތްތަކާއި އެހެނިހެން
ފޮތްތައް ކިޔާ އުޅުއްވަ އެވެ. ޤުދުރަތީ މަންޒަރުތައް ދެކި އެ މަންޒަރުތަކާ މެދު
ވިސްނާ ފިކުރުކުރެ އެވެ. ހިތާމައަކީ ވެއްޓުމަކަށް ވެދިޔަނުދީ އަމިއްލަ
ކުރިއެރުމާއި ކުރިއެރުންތަކަށް ސިކުޑީން ޖާގަ ދެއްވާ އެކަންތައްތަކުން
ޢިބްރަތްތައް ލިބިގަނެ އެވެ.
ތަޢުލީމީ ދާއިރާއަކީ މަޝްޙޫރުވެފައިވާ
ދާއިރާކަމަށްވެފައި އެދާއިރާގައި ޚިދުމަތްކުރަމުން އަންނަތާ ތޭރަ އަހަރުވެފައިވެ
އެވެ. ވަގުތީ ޓީޗަރކަމާއި، އެސިސްޓެންޓް ޓީޗަރކަމާއި، ގުރެޖުއޭޓް ޓީޗިރކަމާއި، ގުރަޖުއޭޓް
ލީޑިން ޓީޗަރކަމާއި، ކޮލިފައިން ލީޑިން ޓީޗަރކަމުގެ އިތުރުން ސުޕަރވައިޒުކަން ފަދަ
މުހިއްމު އިސްމަޤާމުތައް ފުރުއްވާފައިވެ އެވެ. ހިސާބާއި، ސޯސަލް ސުޓަޑީސްއާއި
އިސްލާމްއާއި، އެކޮނޮމިކްސްއާއި ކޮމާސްއާއި އެކަންޓު ފަދަ ގިނަ މާއްދާތަކެއް އެކި
ގުރޭޑްތަކަށް އުގައްނައިދެއްވި އެވެ. އަޚްލާގަށް ލޯބިކުރައްވާ އިސްލާމް މުދައްރިއްސަކީ
ސުކޫލު ކުދިން އަޚްލާޤާއި ކިޔެވުން ރަނގަޅުކުރުމަށްޓަކައި ކުލާސްތެރޭ ޖެހޭ
މައްސަލަތައް އުޑުއަޑިކޮށް ކައުންސިލް ދިނުމާއި ފިލާވަޅުތައް އޮބްޒާވްކުރުމުގެ
އިތުރުން ސުކޫލްގެ މެނޭޖްމެންޓްގައި އެކި އެކި މަޝްވަރާތައްކޮށް، ޚިޔާލްތައް
ހިތުގެއަޑިން ބަންޑުންކޮށްލަ އެވެ. އިހަވަންދޫ ސުކޫލްގައި އަލަށް ފަޅުއްވާ ކޮންމެ
ގޮތްޕެއްގައި ހިތުގެ އެންމެ ފުންމިނުން ތަރުޙީބު ދެއްވައި އެކަމަށް ކޮށްދެވެން
ހުރި ހުރިހާ މަސަކަތެއްކޮށްދެއްވަ އެވެ.
ތަޢުލީމްގެ ދާއިރާއަށް ބަލަން ފަށައިފިނަމަ
ކަނޑުގެ އަޑި ވަކިނުވާހާ ވަރަށް ދާނެ އެވެ. ތަޢުލީމްގެ އަސްދަނޑިން ބޭރަށް
ދިއުމުން ދެން ދޮންބެ މަޝްވޫރުވެފައިވަނީ މިސްކިތުގެ މިންބަރުތަކުންނެވެ. ސަރވަނީ
މިނިސްޓްރީ އޮފް އިސްލާމް އެފެއާޒުގެ ހުކުރުކުރާ އިމާމުގެ މަޤާމް ހޯދާފަ އެވެ.
މިހާރުވެސް އެ ނަލަ އަޑުފުޅުން އިހަވަންދޫގެ މިސްކިއްތަކުގައި ހުކުރު ޚުތުބާ ވިދާޅުވެ
ހުކުރު ކުރައްވަމުން ގެންދަވަ އެވެ. މީގެ އިތުރުންވެސް ރަށުގައި ހިލޭ ސާބަހަށް
މަސައްކަތްކޮށް އުޅޭ ޖަމިއްޔާތަކަށް މާލީގޮތުން އެހީތެރިވުމުގެ އިތުރުން
އަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުވޭނެ ހުރިހާ
މަގަކުން އެހީތެރިކަން ފޯރުވައިދެއްވާކަމުގެ އަލިގަދަ ހެއްކަކީ އިމަގު ޖަމީޢާގެ
ތިންވަނަ ދައުރުގެ ރައީސްކަމުގެ އިތުރުން އެހެން އަހަރެއްގައި އެ ޖަމީއާގެ
ސެކްޓެރީކަމުގެ ގޮނޑި ފުރުއްވާފައިވާކަމެވެ. މެންބަރަކަށްވެ ހުރެ އެހެން
ޖަމީއާތަކާވެސް ބަދަހިކޮށް އުޅޭ ގުޅުމެވެ.
ހެޔޮގޮތުގައި ބޮޑުފުޅުވެ ހެޔޮގޮތުގައި
ދިރިއުޅުން ބައްޓަންކުރަމުންދާ ދޮންބެ، ނުވަތަ ކިޔަވާކުދިންގެ މިހާރުގެ އިސްލާމް
މުދައްރިއްސަކީ އެހެންމީހުންނަށް ހެޔޮ އެދޭ، އެހެން މީހުންނަށް ހެޔޮފޯރުވައި ދޭން
ބޭނުންފުޅުވާ ބޭފުޅެކެވެ. އަބަދުވެސް ކިޔަވައިކުދިންނަށް އިލްތިމާސްކޮށް
ނަސޭހަތްދީ ހަދަ އެވެ. ދޮންބެ އިލްތިމާސް އަކީ "ތިޔަކުދިން އެއްވެސް
ހާލެއްގައި ކިޔެވުން ހުއްޓާނުލާށެވެ. އަދި ހަމައެޔާއެކު އުނގެނޭ ޢިލްމެއްގެ ބޭނުން
ހެޔޮގޮތުގައި ހިފާށެވެ. މަރުވުމުގެ ކުރިން ފުރިހަމަ ތަޤްވާވެރިއަކަށްވެ އަޚްލާޤް
ހެޔޮކުރާށެވެ. މައިންބަފައިންނާއި އެހެން މީހުންދެކެ ލޯބިވާ އެމީހުންގެ ލޯބި
ލިބިގެންވާ ބައެއްގެ ގޮތުގައި ވާށެވެ." ކުރުކޮށް ދަންނަވަނީނަމަ އެ
އިލްތިމާސްއަކީ ދޮންބެ، ދޮންބެ އެއްގެ ގޮތުގައި ފުރިހަމަ ނަމޫނާއާއެކު މި
މުޖްތަމައުއަށް ފެނުމުގެ މައިގަނޑު ސިއްރެވެ.
No comments:
Post a Comment