Wednesday, January 9, 2019

އަހްލާމް 33ވަނަ ބައި


"އަލީފް! އަހަރެންނަށް އެނގޭ އަހަރެން މިއީ އެހާ ރަނގަޅު މީހެއް ނޫންކަން! އަދި އަހްލާމާ ވާދަކުރެވޭނެ މީހެއްވެސް ނޫންކަން!" ނަތާޝާއަށް ބޭއިޚްތިޔާރުގައި ވާހަކަދެއްކެން ފެށިއެވެ. "ލުކްޝާން އަހްލާމާ ހެދި މޮޔަވެފައި ހުންނަކަން އެނގޭތީވެ..، އަހަރެން އަހްލާމް ވަގަށް ނެގުމަށް ލުކްޝާނަށް ޚިޔާލު ދިނީ! އަހަރެންގެ އަމިއްލަ އެދުމަށްޓަކައި!"
"ވަޓް! ވަޓް ހޭވް ޔޫ ޑަން!" އަލީފްގެ މޫނުމަތި ބަނަވެގެން ދިޔައީ ނަތާޝާއާމެދު ދެކެމުން އައި ގޮތް ބަދަލުވުމާއެކުގައެވެ.
"ޔޭސް! އަހަރެން އެކަން ކުރީ އަލީފް ތިއީ އަހަރެންގެ މީހަކަށް ހެދުމަށް!" ނަތާޝާގެ ދަބަހުން ދަތިގަނޑެއް ނަގައި އަލީފްގެ އަތަށް ދިއްކޮށްލިއެވެ. "އެކަމަކު ތަޤްދީރުގައި ލިޔެވިފައި ނެތްކަމެއް... އަހަރެންނަށް މަޢަފްކުރޭ! އަހަރެންނަށް ކަން ކުރެވުނީ ރަނގަޅަކަށް ނޫން!"

"އަހަރެންގެ ގާތުން ނަތާޝާއަކަށް މަޢަފަށް އެދޭކަށް ނުޖެހޭނެ!" ނަތާޝާ ދިއްކޮށްލި ދަތިގަނޑު އަލީފް އަވަސް އަވަހަށް އަތުލިއެވެ. "ނަތާޝާ މަޢަފަށް އެދެންޖެހޭނީ އަހްލާމްގެ ގާތުން! ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު!"
"އަލީފް! އަލީފް!" ނަފާޒާ އައިގޮތަށް އައިސް އަލީފަށް ގޮވަން ފެށިއެވެ.
"ނަފާޒާ! ކިހިނެއްވީ!" އަލީފް ނަފާޒާގެ މޫނަށް ބަލައިލިއެވެ. "ކިހިނެއްވީ؟"
"އަވަހަށް އާދެބަލަ!" ވަރަށް އަވަހަށް އާދެބަލަ!" ނަފާޒާގެ ލޯ ފުރައި ކަރުނަ އައިސް އައިސް ހުއްޓެވެ. "އަވަހަށް އާދޭ!"
އަލީފަށް ތެޅިގަތެވުނެވެ. އަތަށް ގުޅާފައި ހުރި އައިވީ ނައްޓާލައި ނަފާޒާގެ ފަހަތުން އަލީފް ހިނގައިގަތެވެ. އޭނާ ދިޔައީ ހިނގާފައެއް ނޫނެވެ. އޭނާ ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ނަތާޝާ އެތަނުގައި އިންގޮތަށް އިނެވެ. މުޅި މީހާ ގަބުވެފައެވެ. އަލީފް ބުނި އެއްޗަކުން ނަތާޝާގެ ހިތުގެ ފުންމިނަށް އަސަރުކުރީއެވެ.
"ނަފާޒާ! ކިހިނެއްވީ؟ ކޮބައި އަހްލާމް؟" އަލީފް ނަފާޒާގެ ފަހަތުން ދިޔައިރު އެތައް ސުވާލެއް އޭނާގެ ބޮލަށް އުނދަގޫކުރަމުން ދިޔައެވެ. "ނަފާޒާ! ކަމެއް ގޯސްވީތަ؟ އަހްލާމަށް ކަމެއްވީތަ؟"
ނަފާޒާގެ ފަހަތުން އަލީފް ގޮސް ނަފާޒާ ވަތް ކޮޓަރިއަށް ވަނެވެ. އެންމެން ތިބީ އަހްލާމްގެ އެނދު ވަށާލައިގެންނެވެ. އަހްލާމްގެ މައިންބަފައިންނެވެ. އަލީފްގެ މައިންބަފައިންނެވެ. އަލީފްގެ ލޯ ފެންކަޅިވިއެވެ. އޭނާގެ ނޭފަތުގެ ތެރެއިން ދަވަތައް ތިރިއަށް ފައިބަން ފެށިއެވެ. އަލީފަށް ނުހިފެހެއްޓިންގެ އޭނާގެ ލޮލުން ދެތިން ކަރުނަތިކި ނީރައިލިއެވެ.
"އަލީފް!" އަހްލާމްގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ފެވިގެން ދިޔައެވެ.
"އަހްލާމް!" އަލީފް މަޑު ހިނގުމެއްގައި ހިނގަމުން އައިސް އަހްލާމްގެ އެނދު ކައިރީގައި އިށީނނެވެ.
"ކެންޓީންގަ ހުރި ކައި އެއްޗެއްސޯ؟" ނަފާޒާ ބޭނުންވީ އަލީފާއި އަހްލާމަށް ވަގުތު ދޭށެވެ.
"އެ ތެދެކޭ! އަހްލާމްގެ މަންމަމެން ދުރުވޭ އަޅުގަނޑުމެނާއެކު!" ނާފާޒާގެ މެސެޖް މަރިޔަމަށް ވިސްނުނެވެ. "އަދި މިއުޅެނީ ރަނގަޅަށް ތަޢަރަފްވެސް ނުވެވިއެއްނުން؟"
"ދަރިފުޅާ! މަންމަމެން ވަރަށް އުފާކޮށް ﷲއަށް ޝުކުރު ދަންނަވަން! މަންމަ އެބަ އަންނަން ފާޚާނާކޮށް، ކޮންމެވެސް ކައި އެއްޗެއް ހިފައިގެން." ހައްވާމަނިކެ އަހްލާމްގެ ނިތަށް ބޮސްދީފައި ދަމުން އަލީފްގެ ކޯތާފަތުގައި ފިރުމައިލިއެވެ.
"އަލީފް! އަހްލާމް!" އަލީފާއި އަހްލާމަށް އެކީ ކަހަލައިން ނަމުން ގޮވައިލެވުނެވެ.
"ބުނެބަލަ!" ދެން ވެސް އަލީފާއި އަހްލާމަށް ވާހަކަދެއްކުނީ އެކީ އެކަށްޗަކަށެވެ.
"އަލީފް ކުރިއަށްގެންދަވާ!" އަހްލާމް އަވަސް އަވަހަށް އަލީފަށް ފުރުޞަތު ދިނެވެ.
"ނޫނޭ! ދެން އަހްލާމް ބުނަން ބޭނުން އެއްޗެއް ބުނީމަ، އަހަރެން ޗުއްޕުވެސް ބުނާނީ!" އަލީފް އިނީ ވަރަށް އުފާވެފައެވެ.
"ހިއްހިއް! އެހެންތަ! އެންމެ ރަނގަޅު! އަހަރެން އަލީފްދެކެ އިންތިހާއަށް ލޯބިވޭ!" އަހްލާމް އެއްވެސް ޖެހިލުމެއްނެތި އޭނާ އަލީފްދެކެ އިންތިހާއަށް ލޯބިވާކަން ހާމަކުރިއެވެ.
"އަހަރެންވެސް ތި ލޯބިވާ އިންތިހާއިން އެއްވެސް އެއްޗެއް މަދުނުކޮށް އަހްލާމްދެކެ އިންތިހާއަށް ލޯބިވޭ!" އަލީފްގެ އަތުގައި އޮތް ދަތިގަނޑު އަހްލާމްގެ އަތަށް ލައިދިނެވެ.
"ހިއްހިއް! މިއީ އެއްކަލަ ނަފާޒާގެ ކަންތައް! ވަރަށް ބޮޑަށް މަޢަފަށް އެދެން، އެ ދުވަހު ޖެއްސުންކުރެވުނީތީ!" އަހްލާމް ހިނިތުންވެލާ ކޮންމެ ފަހަރަކުމެ އަހްލާމްގެ ނިކަމެތިވެފައިވާ މޫނުން އުޖާލާކަން ވިދަވިދާ ހުއްޓެވެ.
"އެއީ އަހަރެންނަށް ލިބުނު އުއްމީދެއް!" އަލީފް ބުނާ ކޮންމެ އެއްޗަކުން އަހްލާމް އުފަލުން ފޮޅިލައެވެ.
"މިއޮތީ އަލީފްގެ!" އަހްލާމް ކަޅުކުލައިގެ ފޮތެއް ނަގައި އަލީފްގެ އަތަށް ދިއްކޮށްލިއެވެ. "މިއީ އަހަރެންގެ އުއްމީދު!"
"އަހަރެންގެ ނޯޓް ފޮތް! ބަޓް ޔޫޝުއަލީ އައި ޑޯން ފޮރގެޓް އެބައުޓް އިޓް. އެކަމަކު ކީއްކުރާނީ ދޯ." އަލީފްގެ މޫނުމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
"އަނބި ޤަބޫލުކޮށްފިން!"
އަލީފްގެ އެ ދެ ލަފުޒުން އަހްލާމްގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ. ދިރިއުޅުމުގައި ކަނޑަތުކުރަން ޖެހުނު ހިތި ހަނދާންތަކާ ދުރުވެ ހަތް މަސްފަހުން އަހްލާމްގެ އެންމެ ބޮޑު އެދުން ފުރިހަމަވެގެން ދިޔައީއެވެ. އަހްލާމް ވަށްކަޅިން އަލީފާ ދިމާއަށް ބަލައިލިއެވެ.
ސާފު ހުދުކުލައިގެ އަތްދިގު ގަމީހުގެ މަތިން އަލީފް ލައިގެން އިން ކަޅުކުލައިގެ ގަޔަށް ހެޔޮވަރު ކޯޓުން އޭނާގެ ސާއްބަކަން ކިތަންމެހާވެސް ފުރިހަމައެވެ. އެޔާއެކު އަޅައިގެން އިން ކަޅުކުލައިގެ ޓައި އެކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ލައިގެން އިން ކަޅު ފަޓުލޫނު އެ ފުރިހަމަ ހަށިގަނޑަށް ފިޓްވީމައެވެ.
އަހްލާމް ބަލައިކަން އެނގުމުން އަލީފް އަހްލާމާ ދިމާއަށް ވަށްކަޅިން ބަލައިލިއެވެ. އެޔާއެކު އަހްލާމްގެ ދޮން މޫނުމަތީގައި ކުޅެލި ހިނިތުންވުމަކީ އަހްލާމް ލައިގެން އިން ސާފު ހުދުކުލައިގެ ކައިވެނި ހެދުމަށްވުރެއްވެސް ފުރިހަމަ ހިނިތުންވުމެކެވެ. އަހްލާމްގެ އަތުގައި އޮތް އެކި ކުލަކުލައިގެ ޤުދުރަތީ މާބޮޑި އެކަމަށް ހެކިވާނެއެވެ.
ދިރިއުޅުމުގައި ގިރާކުރަންޖެހޭ އެކި ހަރުފަތްތައް ކަނޑަތުކުރަމުން، އެވެރިންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީ ޖަހާލެވުނު ގޮށަށް އެއްވެސް ލޮޅުމެއް ނާންނާނޭ ގޮތަށް އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، އަރާމާއި އަދި ނިކަން ލޯތްބާއެކުގައެވެ.
(ނިމުނީ)

No comments:

Post a Comment