ބިމަށް ވެއްޓޭ
އޮށެއް، ބިމުގައިވާ މާއްދާތަކުގެ އެހީގައި ބިމުގައި ރަނގަޅަށް ވަޒަންވެރިވެ ގަނެ
އެވެ. އެއަށްފަހު، ރަނގަޅު ކާނާއާއި ސާފުވައިގެ އެހީގައި ހަލުވިކަމާއެކު
ބޮޑުވަމުން އައިސް ފުރާ ފުރިހަމަވެދެ އެވެ. ފުރާ ފުރިހަމަވެ، މީރު މޭވާތައް ހަމަ
ބޭރަށް ފެންނާނެހެން ގަހުން ނުކުތުމުން، އިސާހިތަކު އެ މޭވާތައް ޖަނަވާރުތަކެއްގެ
ޝިކާރައަކަށްވެ ނެތިގެންދެ އެވެ. ހަމަ މިބީދައިން، މި ދިވެހި މުޖްތަމަޢު
ތެރޭގައި އުފަންވެ، ފުރާ ފުރިހަމަވެފައިވާ އެތަކެއް ޒުވާނުންނެއް މިއަދު މިވަނީ
ނުރައްކާތެރިންގެ ޝިކާރައަށް ހުށަހެޅިފަ އެވެ. އެވެރިންގެ އަތްދަށުވެ ފީވާން
ކައިރިވެފަ އެވެ. މިކަން މިގޮތައް ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.
އެގޮތުން، ޒުވާން ކުދިންތައް ހަލާކުވުމަށް ދިމާވަނީ އެކުދިންގެ
މައިންބަފައިން ގެ ސަބަބުންނާއި، ދީނީ ގޮތުންނާއި، ޢިޖްތިމާޢީ ގޮތުންނާއި، އަދި
ސިޔާސީ ގޮތުން އެކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ.
ދަރިން
ތަރުބިއްޔަތުކޮށް މުޖްތަމަޢުތެރެއަށް ނެރޭނީ އެ ކުއްޖެއްގެ މައިންބަފައިންނެވެ.
ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަކީ މައިންބަފައިންގެ ބޮލުގައި
އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހި
ވަސައްލަމް ހަދީޘް
ކުރައްވާ ގޮތުގައި "ދުނިޔެއަށް އުފަންވާ އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަން ނުވެ އެވެ. ދެން އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." މިހެންވުމުން، ޒުވާނަކަށްވެ މުޖްތަމަޢުތެރެއަށް ގިނަވެގެން އުޅުމަކީ ހަމަ މައިންބަފައިންނަށް ވެވޭ އިޙުމާލުންކަމަށް ދަންނަވަންޖެހެ އެވެ. ސަބަބަކީ ދަރިއަކު މައިންބަފައިންނަކަށް އެމީހުންގެ ކުރިމަތީގައި ބޮޑު ކުއްޖަކަށް ނުވާނެތީ އެވެ. ވީމާ، މައިންބަފައިން ދަރިން ހެޔޮގޮތުގައި ބަލައި، ތަރުބިއްޔަތު ދޭނަމަ އެކުދިން އެއީ މުޖްތަމަޢުއަށް ބޭނުންތެރި، ހަރުދަނާ ޒުވާނުންތަކަކަށް ވާނެ އެވެ.
ކުރައްވާ ގޮތުގައި "ދުނިޔެއަށް އުފަންވާ އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަން ނުވެ އެވެ. ދެން އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." މިހެންވުމުން، ޒުވާނަކަށްވެ މުޖްތަމަޢުތެރެއަށް ގިނަވެގެން އުޅުމަކީ ހަމަ މައިންބަފައިންނަށް ވެވޭ އިޙުމާލުންކަމަށް ދަންނަވަންޖެހެ އެވެ. ސަބަބަކީ ދަރިއަކު މައިންބަފައިންނަކަށް އެމީހުންގެ ކުރިމަތީގައި ބޮޑު ކުއްޖަކަށް ނުވާނެތީ އެވެ. ވީމާ، މައިންބަފައިން ދަރިން ހެޔޮގޮތުގައި ބަލައި، ތަރުބިއްޔަތު ދޭނަމަ އެކުދިން އެއީ މުޖްތަމަޢުއަށް ބޭނުންތެރި، ހަރުދަނާ ޒުވާނުންތަކަކަށް ވާނެ އެވެ.
ކިތަންމެ ރަނގަޅަކަށް ތަރުބިއްޔަތު
ކުއްޖަކަށް ދިން ކަމުގައި ވީނަމަވެސް، އެކުއްޖަކު ޒުވާން ދައުރަށް އެޅުމުން ވިސްނާ
ނުލާ އެޅޭ އެންމެ ފިޔަވަޅަކުން ސީދާ މަގުން ކަސިޔާރުވެގެން ދިޔުމަކީވެސް
ކުށްކުރުން އިތުރުވުމަށް ފަވާލެވޭ ބޮޅެކެވެ. އެހެންވުމުން، އަމިއްލައަށް
އިސްލާމްދީނުގައި ތިމާގެ ފައިތިލަ ފުރިހަމައަށް ސާބިތުކުރަންޖެހެ އެވެ. އެހެންނޫނީ، އަޤީދާގެ
ބަލިކަށިކަމާ ކުރިމަތިލައި ދީން ނަޙީކުރެއްވި އެތައް ފާފަޔަކަށް އަރައިގަތުމުގެ
ނަތީޖާއަކަށް ވެގެން ދާނީ ދެދުނިޔޭގައި ވެސް އާބާއްޖަވެރިއަކު ކަމުގަ އެވެ. މީގެ
އިތުރުން، ތިމާގެ ފަރާތުން އަނެއްކުންނާއަށް އުދަނގޫވެ، އެހެން މީހުންނަށްވެސް
ފާފަތައް ނުވަތަ ކުށްތައް ކުރުން މަގުފަހިވެ، ހުޅުވޭ ދޮރަކަށް ވެގެންދާނެ އެވެ.
ދީނާ ޚިލާފުވާން ފަށައިފިނަމަ
އެތަނެއްގައި އޮންނަ ސުލްޙަ މަސަލަސްކަން ގެއްލި ޢިޖްތިމާޢީ ފޭރާން ވީދިގެން
ދިޔުމަކީ ވުން، ވަރަށް ކައިރިކަމެކެވެ. ޢިޖްތިމާޢީ ގޮތުން ލިބޭ ކުރިއެރުންތަކަށް
ހުރަސް އެޅެން ފަށައިފިނަމަ އެތަނެއްގެ ބާރުކަނޑި، މީހުންގެ މޫނުތައް ކުސް
މޫނުތަކަކަށް ވެގެންދާނެ އެވެ. އެތަން ކުރިއެރުމަށް ދިއްލިފައިވާ ހުޅުކޮޅު
އިސާހިތަކު ނިވިދާނެ އެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން، އެއީ ކުށްކުރުމާއި،
މާރާއިމާރީއާއި، ތަޅާފޮޅުމާއި، އަދި މިނޫނަސް ބިރުވެރި އުންޑަތަކުގެ ހަމަލާތައް
ފޮނުވާލާ މަނަވަރަކަށް ވެގެންދާނެ އެވެ. ހަނގުރާމަޔާއި ކުށްކުރުން ދަސްކޮށްދޭ
މަކުތަބަކަށް ވެގެންދާނެ އެވެ. ޒުވާނުންގެ ގައިގާ ޖެހޭ ކަޅު ދަވާދު ތިކިތައް
އެމީހުންނަށްވުރެއް ދަށަށް ތިބި ކުދިންނަށް ފެނި އެއީ މާ ރަގަޅު، މާ މޮޅު
ގޮތްތަކަކަށް ވެގެން ދިއުމުން ދެން އަންނަން އޮތް ޒުވާން ޖީލު ހަފުސްވާނެ އެވެ.
މިހާރުވެސް ދިވެހިރާއްޖޭގެ
ޢިޖްތިމާޢީ ފޭރާން ވަނީ މުޅިންހެން އައުކުރަން ޖެހިފަ އެވެ. ޒުވާނުންނަށް
ކުށްކުރުމަށް މަރުޙަބާ ކިޔާ އެއްޗަކީވެސް ހަމަ ޢިޖްތިމާޢީ ފޭރާން ވީދާ، ބައު ކުރަން އުޅޭ
އެއްޗެކެވެ. އާދޭހެވެ! ސިޔާސީ މަސްރަޙެވެ. ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިރެއްގައި ޒުވާނުންގެ ކުށްކުރުމުގެ އިންސައްތަ
މިވަނީ އަތްނުފޯރާފަށަށް އަރައިފަ އެވެ. ސިޔާސީ ބޭފުޅުން، އެ ބޭފުޅުންނަށް
ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ޒުވާނުން ފައިސާގެ
ދަހިވެތިކަމުގައި ދަންޖައްސާ، ޒުވާނުން ލައްވާ އެތައް ގިނަގުނަ ކުށްތައް ސިޔާސީ
ބޭނުންތަކަށްޓަކައި ފުއްދަ އެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ދަތި އުނދަގޫތައް
ކުރުމާއި، އެހެން ސިޔާސީ ބޭފުޅުންނަށް ބިރުދެއްކުމާއި، އެބޭކަލުންގެ
ހަށިފާރަވެރިންނަށް އަނިޔާކުރުމާއި، މާރާއިމާރީ ހިންގުމާއި،
"ޑްރަގު"ގެ ވިޔަފާރިއާއި، އަދި މިނޫނަސް އެތަކެއް ނޭދެވޭ އަސަރުތަކެއް
ކުރުވާ ކުށްތައް މިކަމުގެ ހެތްކަކަށް ފުދެ އެވެ.
2012 ވަނަ އަހަރު ފެބުރުއަރީ 7
ގައި ހިގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ފަރާތްތަކުންވަނީ ތަންތަނަށް
ވަރަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ. މި މަންޒަރުތައް ޒުވާން ލޯތަކަށް ފެނި،
އެކަންކަން ކުރުމަށް އެހީގެ އަތްތައް ދިއްކޮށްފައިވާކަން ވަރަށް ބޮޑަށް
ފާހަގަކުރެވެ އެވެ. ކުރިމަގުގައި ޒުވާނުންގެ ރޯލު ކުޅެންތިބި ކުޑަކުދިން، މި
އަޑުތަކާއި މަންޒަރުތަކުގެ ސަބަބުން، އެކުދިން މަޢުސޫމްކަމުން މަޙްރޫމްކުރުވަ
އެވެ. ގިނަ ސިޔާސީ ފަރާތްތަކެއްގެ ނުބައި ރޭވުންތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ
ފުލުހުންނަށްވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. މިކަންކަމުގައި އުޅުނީ ހަމަ
ޒުވާނުންނެވެ. ވީމާ، ސިޔާސީ މަސްރަހުގައި ޖެހި ޒުވާންކުދިންތައް މިވަނީ
ކުށްކުރުމުގެ ވެއްޓަކާ ބައްދަލު ކޮށްފަ އެވެ.
"މީހުން މީހުންނަށްވާނީ
މީހުން މީހުންނަށް ހެދުމުން" ކަމުގައި ބޮޑުތަކުރުފާނު ވިދާޅުވެފައި އެވަނީ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮންމެވެސް އެއްޗެހިތަކެއް އަންގައިދޭންކަމުގައި
މެނުވީ ނުވާނެ އެވެ. އެހެނަސް، މިހާރު ދިވެހި މުޖުތަމައުގައި މީހުން މީހުންނަށް ހަދެނީ
ހަދަންޖެހޭ ގޮތްނޫން މުޅިން އެހެން ނިޒާމެއްގެ ދަށުންނެވެ. އާޚިރު ނަތީޖާއަކަށް
ވަނީ، ޒުވާނުންގެ މެދުގައި ކުށްކުރުން ފަތުއަޑު ކިޔާ ރޯވެގަންނަ
ފަދައިން ކަންތައްތައް ވެ ނިމުމެވެ. ދިވެހި ޒުވާން ކުދިންތަކަށް ފެންނަނީ،
ދައްކަން ނުޖެހޭ މަންޒަރުތަކެކެވެ. އިއްވެނީ، އިއްވަން ނުޖެހޭ އަޑުތަކެކެވެ.
ކޮށްދެވެނީ، ކޮށްގެންނުވާނެ ކަންތައްތަކެވެ. މި ދިވެހި މުޖްތަމަޢު އާއި، ދިވެހި
ޒުވާނުން ކުށްކުރުމުން ދުރުހެލި ކުރުމަށްޓަކައި، ތިމާމެންގެ ޢިޖްތިމާޢި ފޭރާން
ވަރުގަދަކޮށް، އެންމެން އަތްގުޅައިގެން، ދިނީ ހަމަތަކުގެ މަތީން، ސިޔާސަތަށް
ބުރަނުވާނޭހެން ދެން އަންނަން ތިބި ކުޑަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް،
ހަރުދަނާ ދިވެހި ޒުވާނުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރެންޖެހެ އެވެ.
No comments:
Post a Comment