Tuesday, January 12, 2016

ހީލީމާ ހިތުގެ ވެރިޔާ

"އެކީއްވެ؟" ކަމަކާ ދޭތެރޭ ވިސްނަން އިނދެފައި ފަޒާލް ފުރަތަމަވެސް ކުރީ ސުވާލެކެވެ.
"ކޮންކަމަކާ؟ ކޮން އެއްޗެއްތަ މައި ލަވް؟" ފަޒާލް ކުރި ސުވާލަށް ނިފޫއަށް ޖަވާބެއްދޭކަށެއް ނޭނގުނެވެ.
"މިބުނީ ކީއްވެހޭ؟ ކީއްވެހޭ އަހަރެންނަށް... މިހެން... މިވީގޮތް ނިފޫ ބަލަން ބޭނުން ނުވަނީ؟"
"ކޮން ހެނެއްތަ؟" ނިފޫ ހެދީ ނޭނގޭކަމަށެވެ.
ނިފޫ ފަޒާލްގެ ފަލަމަސްގަނޑުގައި ބުރަކަށި ވިއްދައިލާ ހަމަޖެހިލިއެވެ. އޭނާ ފަޒާލްގެ މޫނާ ދިމާއަށް ބަލައިލިއެވެ. ނިފޫ ފަޒާލްގެ ކަރުގައި އޮޅައިލާފައި އޮތް ގަދަ ނޫކުލައިގެ ސުކާރފްގައި ހިފައި ފަޒާލްގެ ތުންފަތާ އޭނާގެ ތުންފަތް ކައިރިކޮށްލިއެވެ. ފުރިގެންވާ ހިނިތުންވުމަކާއެކުގައެވެ. ފަޒާލް ނޫންކަމަށް ހެދިފައި މޫނު އެހެން ފަރާތަކަށް އަނބުރާލައި ދެއަތް ދޮންވެލިގަނޑު މަތީގައި ހައްޔަރުކޮށްލީ ފަހަތަށް ވާނެހެންނެވެ.
"ކިހިނެއްވީ؟" ނިފޫ ލައިގެން އިން ނޫކުލައިގެ ހެދުން ރަނގަޅުކޮށްލިއެވެ.
"އައި އެމް ސީރިއަސްއޭ ނިފޫ." ފަޒާލް އިނީ ހަމައަސްލުގައިވެސް މަޖާކުރާ މޫޑެއްގައެއް ނޫނެވެ.