Wednesday, February 24, 2016

މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުން، ދިވެހީން ޢިބްރަތް ޙާސިލު ކުރާން ޖެހެއެވެ.

ތަޢާރަފު:
"މީހުން މީހުންނަށްވާނީ، މީހުން މީހުންނަށް ހެދީމައެވެ." އާއެކެވެ. އަޅުގަނޑުމެންގެ ފަހުލަވާން، ދިވެހިރާއްޖޭގެ ބަޠަލާ އެ ވިދާޅުވަނީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ތެދު ވާހަކައެކެވެ. އިންސާނަކަށް އެއްވެސް މަގެއް ނުވަތަ ފިލާވަޅެއް ދަސްކޮށްދޭނެ އާރުކާޓީއެއް ނުވަތަ މުދައްރިސެއް އޭނާގެ ގާތުގައި ނެތްނަމަ އޭނާ ވެގެންދާނީ އެއްވެސް ތާކުންތާކުން ނުޖެހޭ ވަކަރުގޭ ލާޗާރު ބިޗާރަކަށެވެ. އޭނާގެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. އެހެންވުމުން އަޅުގަނޑުމެން އެންމެން ދުނިޔެ އާރާސްތުކޮށް ދިރިއުޅުން ބައްޓަން ކުރުމުގައި ހިފަހައްޓަންވީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އައްޑަނަ ކަމުގައިވާ މުޙައްމަދު ތަކުރުފާނުގެ އެ ބަސްކޮޅުގައެވެ.