"އަލީފް! އަހަރެންނަށް އެނގޭ އަހަރެން
މިއީ އެހާ ރަނގަޅު މީހެއް ނޫންކަން! އަދި އަހްލާމާ ވާދަކުރެވޭނެ މީހެއްވެސް
ނޫންކަން!" ނަތާޝާއަށް ބޭއިޚްތިޔާރުގައި ވާހަކަދެއްކެން ފެށިއެވެ. "ލުކްޝާން
އަހްލާމާ ހެދި މޮޔަވެފައި ހުންނަކަން އެނގޭތީވެ..، އަހަރެން އަހްލާމް ވަގަށް
ނެގުމަށް ލުކްޝާނަށް ޚިޔާލު ދިނީ! އަހަރެންގެ އަމިއްލަ އެދުމަށްޓަކައި!"
"ވަޓް! ވަޓް ހޭވް ޔޫ ޑަން!" އަލީފްގެ
މޫނުމަތި ބަނަވެގެން ދިޔައީ ނަތާޝާއާމެދު ދެކެމުން އައި ގޮތް ބަދަލުވުމާއެކުގައެވެ.
"ޔޭސް! އަހަރެން އެކަން ކުރީ
އަލީފް ތިއީ އަހަރެންގެ މީހަކަށް ހެދުމަށް!" ނަތާޝާގެ ދަބަހުން ދަތިގަނޑެއް
ނަގައި އަލީފްގެ އަތަށް ދިއްކޮށްލިއެވެ. "އެކަމަކު ތަޤްދީރުގައި ލިޔެވިފައި
ނެތްކަމެއް... އަހަރެންނަށް މަޢަފްކުރޭ! އަހަރެންނަށް ކަން ކުރެވުނީ ރަނގަޅަކަށް
ނޫން!"