"ދަރިފުޅާ
ތިހެން ހުއްޓައި ގަޑި ޖެހިދާނެ."
"އާނ. މާމް މި
ނިންމައިލަނީއޭ." ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ
ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ.
ނާޞިރާ ކޮޓަރި
ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ހިނިއައިސްފައެވެ. ޖުނައިދު ރީތިވާމޭޒު ކައިރިއަށް
ގުދުވެލައި ކަނާއަތުން ފަންފަން އިލި އިސްތަށިގަނޑު ނިތްކުރި މައްޗަށް
ވައްޓައިލިއެވެ.
"ތިތަ މީހުން
ފުނާ އަޅައިގޮތަކީ؟ ކުލާހަށް ދާތައި
ތިން ދުވަސްވީ އިރުވެސް ހީވަނީ ފުރަތަމަ ދުވަހުހެން. ހިއްހިއް..."
"ޔޭސް މާމް.
ދަނީއޭ. ލަވް ޔޫ މާމް." ޖުނައިދު ކޮނޑުގައި ދަބަސް އަޅުވާލަމުން މިސްރާބުޖެހީ
ޤައުމީ ޔުނިވަރސިޓީއާ ދިމާއަށެވެ.





