ހިންމަތާ އެކުވެރިކަން ކަންކަމުގައިށޭ ވެހިފާ
ދިންނަވާނޭ މަގަކީ ތެދުވެރިވުމުންނޭ ވެލަފާ
ބިންމަތީގައި މިތިބޭ ހިނދުކޮޅު ހީވާގިވުމޭ
މިންޖުވާނޭ ގޮތަކީ ރީތި އުޅުން ގެންގުޅެފާ
އަންނަ ބޮޑު ކޮންމެ މުސީބާތަކުގައި ކެތްކުރުމޭ
ދަންނަ މީހުންގެ ބަހުން އޮތް ގޮތަކީ ވާށަނަރާ
ދަތިކަމެއް އައިނަމަ، ފަހިވާނޭކަމޭ ފެންނަ ގޮތީ
ލަތިވިދީ ކީރިތި ޤުރުޢާންގެ ބަސްފުޅު
ބިކަވެ ކަންނެތްވެ ތިބުން ނުވެ އެތަވައްކަލު ކަމުގައި
ނިކަމެތިވެ ނަފްސުގެ މައްޗައް ކުރުމުގެ
-ހުސެއިން ސަލާޙުއްދީން-
ޝަރަހަ: ދުނިޔޭގައި ދުވަސްތައް ހޭދަކުރަމުން
ދާއިރު ދިންނަވާނޭ ތެދުމަގާއި ނުރަގަޅު މަގުވެސް ވެއެވެ. އަދި ދިންނަވާނޭ މަގުގައި ހިފައިގެން ހިއްމަތާއެކު ތެދުވެރިވެ އަޙުލާޤު ރަގަޅުކުރުމުން މެނުވީސުވަރުގެއަށް ފަސޭހަކަމާއެކު ނުދެވޭނެވެ. ރަހްމަތްތެރިން ހޮވާއިރުވެސް ރަގަޅު ކުދިން ހޮވަންޖެހޭނެވެ. ހީވަގިކަމާއެކު ނަމާދުތައް އަދާކޮށް ރީތި އުޅުމެއްގައި އުޅެންޖެހެއެވެ. މީހާ ކިތަންމެ ރަގަޅުވިއަސް އިމްތިހާނުގެ ގޮތުގައި އަންނަ ބޮޑެތި މުސީބާތްތަކަށް ކެތްކޮށް ހަމަ ތެދު މަގުގައި ފައިތިލަ ސާބިތުކުރަންޖެހޭނެވެ. އެހެން އަންނަ މުސީބާތްތަކަށާއި ދަތިތަކަށް ލުޔެއް ލިބި އެޔަށްވުރެއް ރަނގަޅަށް ކަންތައްތައް ތަރުތީބުވާކަށް މާލަހެއް ނުވާނެއެވެ. ކެތްތެރިކަމާއެކުވެސް ޤުރުޢާނުގެ އާޔަތްތައް ތަރުތީލްކޮށް ނުބައި ނުލަފާ މަގުން މޫނު އަނބުރާލާށެވެ. ނުބައި ކަންތައްތައް ތިމާގެ މައްޗަށް ގަދަވެ ދިޔަ ދީގެން ނުވާނެއެވެ.

-އަސަދުﷲ ޙާމީން-
No comments:
Post a Comment